ތިޔަބޭފުޅުން ދެއްވި އިތުބާރަށްޝުކުރިއްޔާ!
ޕީއެންސީ ކޮންގްރެސް 2026 ގައި މެންބަރުންގެ މަޖިލީހުގެ މެންބަރު (ޒުވާން) ކަމަށް އަޅުގަނޑު ހޮއްވެވުމަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. މިއީ އަޅުގަނޑުގެ އެކަނި ކާމިޔާބީއެއް ނޫނެވެ. މިއީ ތިޔަބޭފުޅުންގެ ކާމިޔާބީއެކެވެ. ޕާޓީގެ ޒުވާނުންގެ ކާމިޔާބީއެކެވެ.
ކެމްޕޭންގެ ދުވަސްތަކުގައި އަޅުގަނޑާއެކު މަސައްކަތްކުރެއްވި، ހިތްވަރު ދެއްވި، އަދި މެންބަރުންގެ އަރިހަށް އަޅުގަނޑުގެ ނަން ގެންގޮސްދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.
ތިޔަ ދެއްވީ ވޯޓެއް އެކަންޏެއް ނޫނެވެ. ތިޔަ ދެއްވީ އިތުބާރެކެވެ. އެ އިތުބާރު ދަމަހައްޓައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށާއި، 2028 ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށާއި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް، އަޅުގަނޑު ހުންނާނީ ޢަމަލީ މައިދާނުގައެވެ.
އިސްމާޢީލް ރިފާޢު
MEMBERS' MAJLIS MEMBER (YOUTH) · PNC